20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން އިންތިޚާބުކޮށް އިއުލާނުކޮށްފި އެވެ.
މިއަދު އެޕާޓީން ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި، އެޕާޓީގެ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް އިންތިޚާބުވެފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ.
އިންތިޚާބުވި އިތުރު މެންބަރުން:
- ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
- ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
- ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
- ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
މިދިޔަ މަހު 21 ވަނަ ދުވަހު ބޭއްވު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. އެހެންކަމުން މީގެ ކުރިން މެޖޯރިޓީކަން ކުރަމުންދިޔަ އެމްޑީޕީ ވެފައިވަނީ މައިނޯރިޓީ ޕާޓީއަށެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެގެންދާނީ މައިނޯރިޓީ ލީޑަރަށެވެ.
ވެރިކަން ކުރާ ޕީއެންސީންވެސް ވަނީ އެޕާޓީގެ ޕީޖީ ލީޑަރުން އިއުލާނުކޮށްފަ އެވެ. އެ ޕާޓީގެ ޕީޖީ ލީޑަރަކީ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއަރ ޕާސަން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މާދަމ ހެންދުނު 09:00 ޖަހާއިރު އެވެ.




