އަނެއްކާވެސް މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާއާ ބެހޭގޮތުން އަދި އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.



