މާފަންނުގެ އިމާރާތެއްގައި މިއަދު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ވެއްޖެ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމުގައި ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން ބުނީ، މުނިޔާމަގު މ. ސަފާގޭގެ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:19 ހާއިރުއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



