”ޖަޒީރާ“ ނަމަކަށް ކިޔާ ގދ. ތިނަދޫގެ މުދާ އުފުލާ ބޯޓެއް މިއަދު ހަވީރު އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން އިން ބުނީ ޖަޒީރާ ބޯޓު މާލެއިން ފުރައިގެން ތިނަދުއަށް ދަތުރުކުރަނިކޮށް ވ. ފެލިދޫ ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 03:26 ހާއިރު ކަމަށެވެ.
އެ ބޯޓުގައި ތިބި ހުރިހާ އެންމެން ”ވިލާ ދުވެލި“ ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުންނެވެ.
ހަމައެއާއެކު މި ކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފުން ވެސް ބުންޏެވެ.
މީގެއިތުރުން އެ ބޯޓުން ކަނޑަށް ދޫވެފައިވާ ބައެއް ތަކެއް އޮޔާގޮސްފައިވާކަމަށް ބެލެވޭތީ، އެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.



