ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުންް އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ އެ ރަށު ސީސަންގެ / އަލީ އަބްދުﷲ، (82އ.) ކަމަށެވެ.
އެހެން މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލީ އަބްދުﷲގެ ހަށިގަނޑު ފެނުނީ ފަޅުތެރޭގައި އޮތް ފައްތިޔަލެއްގައި ލޯންޗެއް އަޅަން ދިޔަ ބަޔަކަށް ކަމަށެވެ.
އޭނާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



