ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސް، އިހުތިސާސުން ސަވާހިލި ވަކިކުރަން ރައީސް ވަނީ ރޭގައި ގަރާރެއް ނެރުއްވާފައެވެ.
ރައީސްގެ ގަރާރުގައި ސީދާ ވަކި ބޭނުމެއް ބަޔާންކޮށްފައި ނުވި ނަމަވެސް، ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ، ފަތުރުވެރިކަމުގެ ބޭނުމަށެވެ.
ޗާޓުގައި ސަވާހިލި ފާހަގަކޮށްފައިވަނީ ރިސޯޓެއް ގޮތަށެވެ. އެހެންކަމުން، އެ ރަށް ދެން އޮންނާނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުގައެވެ.
ފަތުރުވެރިކަމަށް ހާއްސަކޮށްގެން ސަވާހިލި ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ 18 ފެބްރުއަރީ 2021ގަ އެވެ. އޭގެ ފަހުން އެކަން ދިގުލައިގެން ދިއުމަށް ފަހު، 14 ފެބްރުއަރީ 2024ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި ސަވާހިލީގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ހިންގަން އިއުލާންކުރަން ނިންމިއެވެ.
އެއަށް ފަހު، އޭޕްރީލް 2025ގައި އެ ރަށް ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގައި މެނޭޖުކުރާނެ ބަޔަކު ހޯދުމަށް ކައުންސިލުން އިއުލާންކުރިއެވެ.



