މާލޭގައި ހުރި ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ ކަމަަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން ބުނީ، މއ. ދޫގަސް ގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ފަތިހު 5:27 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް ކަމަށާއި އެމީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝް 2 މީހަކާއި އިންޑިއާ 2 މީހެކެވެ. އޭގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




