ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގައި ބަޔަކު ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި އަމަލު ހިންގި ހިޔާ ޓަވަރުގެ ބެލްކަނި ހުންނަނީ އެހެން ގިނަ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ފެންނާނެ ގޮތަށެވެ.
މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން މިއަދު ބުނީ، ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.
އާއްމުންނަށް ފެންނާނޭ ތަންތަނުގައާއި ކައިވެނިން ބޭރުން ބަދުއަހުލާގީ އަމަލު ހިންގުމަކީ ރާއްޖޭގައި މަނާ ކަމެކެވެ.



