މާލޭގެ ”ބްލޫ ސެވަން“ ރެސްޓޯރެންޓުގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓު މިއަދު މެންދުރުފަހު 14:48 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން 14:58 ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގައި ހުރި އަޅިކެނޑިއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.




