ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ދުލުހުން ބުނީ، ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ފަތިހު 4:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



