ގދ. ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އުފުލައިފިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ސައުދު ސައްހަ ނޫން މައުލޫމާތު ހިއްސާކުރި މައްސަލާގައި އޭނާ ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. އެ މައްސަލާގައި އޭސީސީން ކައުންސިލަށް ވަދެ ލިޔެކިޔުންތައް ވެސް ގެންދިޔައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިގެން މައްސަލަ ބަލައިގަތީ މި މަހުގެ 19 ގައެވެ.
ޕީޖީ އޮފީހުގެ ވެބްސައިޓްގައި މިހާރު މި މައްސަލަ އަދާހަމަކޮށްފައިވާއިރު، ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ:
° އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
° ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
މި ދެ ކުށުގެ އަސާސީ އަދަބުގެ ޖުމުލައަކީ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށްލުމެވެ.


