ރައީސް އޮފީހުގައި 34 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ / ޢަބްދުﷲ ޝަރީފު އިއްޔެ އަވަހާރަވެއްޖެއެވެ.
ޢަބްދުﷲ ޝަރީފު އަވަހާރަވީއިރު އުމުރުފުޅުން 77 އަހަރެވެ. އޭނާ ވަނީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ހާސިލުވެސް ކުރައްވާފައެވެ.
ޢަބްދުﷲ ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޢަބްދުﷲ ޝަރީފަކީ ވަރަށް ހިންގުންތެރި އަދި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މަސައްކަތުގެ އަޚުލާގު ހިފެހެއްޓެވި ނަމޫނާ ބޭފުޅެއް ކަމަށް ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ޢަބްދުﷲ ޝަރީފުގެ ޖަނާޒާ އޮތީ ރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.


