ހައި ކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު މިއަދު ރިޓަޔާކުރައްވައިފިއެވެ.
ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މާހިރު މިއަދު ވަކިވެވަޑައިގެންފައިވާކަން ހާމަކޮށް ހައި ކޯޓުން މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި މާހިރު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވިތާ އަހަރެއް ނުވަނީސް މާހިރު ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މާހިރަކީ ޝަރުއީ ދާއިރާގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އޭނާ:
° އެންމެ ފުރަތަމަ ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގައި: އެއީ 2005 ވަނަ އަހަރުގައި
° 2010 ވަނަ އަހަރު ފެމިލީ ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި
° 2022 ވަނަ އަހަރު ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރި



