އޮގަސްޓް 28 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
މައިމޫން ހައްޔަރުކުރީ މުޒާހަރާގައި އާންމު މަސްލަހަތު ނަގާލައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގައެވެ.
މައިމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ.
އޭނާ ބަންދު މުއްދަތު ހަމަވެ، އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
އޭނާ ބަންދު މުއްދަތު ހަމަވެ، އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ކޯޓު އަމުރުގައި ބުނީ، މައިމޫން ބަންދުން ދޫކޮށްލީ 30 ދުވަހަށް ޝަރުތުތަކެއް ކޮށްފަ އެވެ. އެއީ:
° ތަހުގީގަށް އެއްބާރުލުން ދިނުން.
° މާލެ ސަރަހައްދުން ބޭރަށްދާ ނަމަ ފުލުހުންނަށް އެންގުން.
° އުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުން.



