ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ހަވީރު 4:30 އަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައު ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުުންދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން މިއަދު ހެނދުނު ވަނީ، މާލެ ސަރަހައްދު ހިމެނޭހެން ރީނދޫ ސަމާލު ވެސް ނެރެފައެވެ.




