ރާއްޖޭގެ މަޝްހޫރު އެއް ނޫސްވެރިޔާ ފާތިމަތު މަދަދާ ކަމަށް ބެލެވޭ ފަރާތެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެއްޖެއެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި މި ވީޑިއޯތައް ފުރަތަމަ ލީކުވެފައިވަނީ ޓެލެގްރާމް ޗެނަލުތަކެއްގައެވެ.
ލީކުވެފައިވާ އެ ވީޑިއޯތަކުގެ ތެރެއިން ބައެއް ވީޑިއޯތަކުން ފެންނަނީ، ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ މަދަދާ ކަމަށް ބެލެވޭ އަންހެނަކު، އެކަނި ބަރަހަނާ ވެގެން ހުރެ ހަރަކާތްތަކެއް ދައްކާ މަންޒަރެވެ. އެއީ މަދަދާ ކަމަށް ވީޑިއޯ ލީކުކުރި ޗެނަލުގައި ބުނެފައިވީނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެއެވެ.
މިފަދަ ވީޑިއޯތަކެއްގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާކަން އަދި އެނގިފައެއް ނުވެއެވެ. އަދި ފުލުހުންގެ ބަހެއް މިކަމާ ބެހޭގޮތުން އަދި ލިބިފައެއް ނުވެއެވެ.
އުމުރުން އެންމެ 16 އަހަރުގައި ނޫސްވެރިކަމަށް ނުކުތް މަދަދާ މިހާރު މަސައްކަތް ކުރަނީ ފްރީލޭންސް ނޫސްވެރިއެއްގެ ގޮތަށެވެ. މީގެ އިތުރުން ބައެއް ޝޯތައް ހުށަހަޅާ ދިނުމުގައި ވެސް މަދަދާ މިހާރު ހަރަކާތްތެރި ވެއެވެ.
މަދަދާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ނޫސްވެރިކަމަށް އޭނާ އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ، ކުޑައިރު ޓީވީ ބެލިއިރު ޚަބަރުކިޔާތަން ފެނިގެން ކަމަށެވެ.
މަދަދާއަށް ލިބުނު ކާމިޔާބީތަކުގެ ތެރޭގައި، ސަންގު ޓީވީގައި އުޅުނުއިރު 2023 ވަނަ އަހަރު ”ސްޓާފް އޮފް ދަ އިޔަރ“ ހާސިލު ކުރުން ހިމެނެއެވެ.



