ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ތެރެއިން 355 މީހުން މިއަދު ސައުދީއަށް ފުުރައިފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތުދިން ގޮތުގައި ހައްޖާޖީންގެ ދެވަނަ ބެޗުގައި ހިމެނޭ 355 މީހުން މިއަދު ހަވީރު 15:25 ހާއިރު ވަނީ ސައުދީ އެއާލައިނުން ޖިއްދާއަށް ފުރާފައެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 1150 ކޯޓާއަށް ހައްޖަށް ދާ މީހުން 4 ފްލައިޓަަކަށް ބަހާލައިގެން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހައްޖަށް ފުރުވާއިރު، ފުރަތަމަ ބެޗުގެ 296 މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ފުރާފަ އެވެ. އަދި މިއަދު އެއް ބަޔަކު ފުރިއިރު، ބާކީ ތިބި މީހުން ޖޫން 7 އަދި ޖޫން 10 ގައި ފުުރުމަށް ވަނީ ރާވާފަ އެވެ.
މައްކާގައި ތިބި ހައްޖު މިޝަންގެ ބޭފުޅުން ވިދާޅުވީ، ފްލައިޓް ޖިއްދާގައި ޖައްސަންވާއިރަށް ވާންޖެހޭ އެންމެހައި އިންތިޒާމުތަކެއް ސައުދީގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި ގުޅިގެން ހަމަޖައްސާފައިވާކަމަށެވެ. ޖިއްދާ އެއާޕޯޓްުން ހައްޖަށްދިޔަ މީހުންނަށް މަރުހަބާ ކިޔާނީ ހައްޖު މިޝަނުންނެވެ.




