ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަށްޓަކައި، ޕްރައިމަރީއަކާ ނުލާ 2028ގެ ރިޔާސީ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދިނުމަށް ޕީއެންސީގެ ކޮންގްރެސްއަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި މި ގަރާރަށް އިރުކޮޅެއްގެ ތެރޭގައި ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ފަށާފައިވަނީ އިއްޔެއެވެ. އެ ކޮންގްރެސް ފައްޓަވާދެއްވީ ރައީސް މުޢިއްޒު އެވެ.
ޕީއެންސީގެ ކޮންގްރެސްގައި މިހާރު ވަނީ އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކާއި އަންހެނުންގެ މަޖިލީހަށް 10 މެންބަރަކު ހޮވާފައެވެ.



