ލ. ގަމުގައި ކުރިއަށް ގެންދިޔަ ރޭސިން މުބާރާތެއްގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓުނު ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10 ޖަހަނިކޮށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އެކަމަކު އެ ޒުވާނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.




