މާލޭގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
އަލިފާން ރޯކޮށްފައިވަނީ، މެދުޒިޔާރަތްމަގު ހޮޓެލް ޖެން ކައިރީ ސައިކަލު ޕާކިން ޒޯންގައި ހުރި ސައިކަލުތަކެއްގަ އެވެ.
ފުލުހުން ބުނީ، މިހާދިސާ ހިނގާފައިވަނީ ރޭ 3:03 ހާއިރު ކަމަށެވެ. މިހާދިސާގައި ތިން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު 7 ސައިކަލަކަށާއި ވޭނަކަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަލިފާން ރޯކޮށްލި މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރުމުގެ ކަންކަން މިހާރު ފުރިހަމަ ކުރަމުންދާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



