ހުޅުމާލެ ފޭސް-2 ގައި މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ފުލުހުން ހައްޔަރުުކޮށްފި އެވެ.
ފުލުހުން ބުނީ H-1 ޓަވަރު ކައިރީގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައި އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓް ލިބުނު ކަމަށެވެ. އަދި އެ މައްސަަލައާއި ގުޅިގެން މައުލޫމާތު ސާފު ކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މައުލޫމާތު ލިބުނުކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފުލުހުން 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



