ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އެއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވާތީ އާންމު އުސޫލުން ދަތުރުފުޅާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް ރައީސްގެ ދެކަނބަލުން މިފަދައިން ކުރަށްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ބަލަހައްޓަވަނީ އެމަނިކުފާނު އަމިއްލަފުޅަށެވެ.
ރައީސް މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މީގެ ކުރިން އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 24-30 އަށެވެ.



