ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
އެ މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ.



