ޅ. ނައިފަރުން ގެއްލުނު 17 އަހަރުގެ ފިރިހެން ކުއްޖާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު ނޫކަނޑު / މުހައްމަދު އަޙްޔާން ހުސައިން މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލުރަނގަޅު ކަމަށެވެ.
ވީނުވީއެއް ނޭނގި އަޙްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:30 އެހައިކަންހާއިރު ކަމަށް ފުލުހުން ކުރިން ބުންޏެވެ.
އެ މުއައްސަސާއިން ބުނީ އަޙްޔާން އެންމެ ފަހުން ފެނިފައިވަނީ އާދިއްތަ ދުވަހު ކަމަށާއި، އޭގެ ފަހުން ޚަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިހާރު އޭނާ ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނިނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.




