އަމީނީ މަގުގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ސަރަހައްދު ރޭގައި އާންމުންނަށް ހުޅުވާލައިފިއެވެ.
އަމީނީ މަގު ތަރައްގީ ކުރަން ހަވާލުކުރި އެމްޓީސީސީއިން ވަނީ، އެ މަގުގެ ސެގްމެންޓް އެކެއް އަދި ދޭއްގެ މަސައްްކަތް ނިންމާ އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން ސެގްމެންޓް އެކެއްގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ އޭބީސީ ފަށަލައާއި ތާރު ނެގުމަށްފަހު 2،794 އަކަމީޓަރު ސަރަހައްދުގައި ސަބްގްރޭޑް ސަބްބޭސް އަދި އޭބީސީގެ އިތުރުން ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާކަން އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސެގްމެންޓް ދޭއްގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި 133 އަކަމީޓަރު ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އެ ސަރަހައްދުގައި އޭބީސީއާއި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން ބުނީ ސެގްމެންޓް އެކެއް އަދި ދޭއްގެ މަސައްކަތް ނިމުމާއެކު އެ މަޝްރޫގެ ދަށުން ދެން ހަމަޖެހިފައިވާ ބައިތަކުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މިހާރު ހުޅުވާލެވުނު ސަރަހައްދާއެކު އެ މަގު ބޭނުންކުރުމުގައި ކުރިންހުރި ދަތިތައް ހައްލުވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.



