ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:30 އެހައިކަންހާއިރު އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



