ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމައި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި 8 މީހެއްގެ މައްޗަށް ހަތް ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެއީ ތިމަރަފުށީ، ފެހިވިދުވަރުގޭ، އަބްދުﷲ ޝަރީފާއި އެ ރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި ހަމަ އެގޭ އަލީ މުނީޒާއި އެ ރަށު އަސުރުމާގޭ، މުހައްމަދު އާސިރާއި އެ ރަށު ސައިމާ، ސަމާހް ޝަރީފާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ، ބީޗްހައުސް، އަބްދުﷲ އިމާދު އަދި ނ. ކުޑަފަރީ، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ.
ކުށް ސާބިތުވެފައިވަނީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން ކުރީ ފެބްރުއަރީ 2021 ގަ އެވެ.
އަބްދުﷲ އިމާދާއި އަލީ މުނީޒު އަދި އަރުހަމްގެ މައްޗަށް ޓަރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވިއިރު އެ ކުށުގެ އަދަބެއްގެ ގޮތުން އިމާދާއި އަރުހަމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އިމާދު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
މުނީޒުގެ މައްޗަށް އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އޭނާގެ ވެސް ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.
އަރުހަމްގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ވެސް ކުރިއިރު އަދަބެއްގެ ގޮތުން އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު އަދަބެވެ.
އިމާދާއި ލޫތުގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ސާބިތުވި އެވެ. އަދަބެއްގެ ގޮތުން އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ ދެ މީހުން ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
މި މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމި އެވެ.
މުނީޒުގެ މައްޗަށް އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އޭނާގެ ވެސް ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.
އަރުހަމްގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ވެސް ކުރިއިރު އަދަބެއްގެ ގޮތުން އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު އަދަބެވެ.
އިމާދާއި ލޫތުގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ސާބިތުވި އެވެ. އަދަބެއްގެ ގޮތުން އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ ދެ މީހުން ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
މި މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމިއެވެ.



