ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓްރަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިންގެ ތެރޭގައި ހިމެނެނީ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ.
މިރަސްމިއްޔާތުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރު ޝަހީމް އާއި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމެވެ. ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރުގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ޤުރުއާން އުނގެނުމަކީ އަދި ޤުރުއާނަށް ޚިދުމަތް ކުރުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށެވެ. އަދި އެކަމކަި ދުނިޔަވީ މާއްދީފައިދާއެއް އެކަމުގެ މައްޗަށް އިސްކުރަންޖެހޭ ކަމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޤުރުއާން އުނގަންނައިދިނުމުގެ ޝަރަފް އިޚްތިޔާރުކުރިމީހާއަށް ﷲ ސުބުހާނަހޫ ވަތަޢާލާ ޝަރަފްދެއްވާނެ ކަމަށެވެ. އޭނާ ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ.



