ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގްފެ ދެވަނަ ދަރިފުޅުގެ ނަން އިއްޔެ އިއުލާނު ކޮށްފިއެވެ.
އެ ދެމަފިއިންނާއި ފުރަތަމަ ދަރިފުޅު ”ދުއާ ޕަދުކޯން ސިންގް“ ގެ އިތުރުން ދެވަމަ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އިއްޔެ ހިއްސާ ކުރަމުން ދީޕިކާ އާއި ރަންވީރު ބުނެފައިވަނީ ދެވަނަ ދަރިފުޅުގެ ނަމަކީ ”ދޭވީ ޕަދުކޯން ސިންގް“ ކަމަށެވެ.
މި އުފާވެރި ޚަބަރު އާންމުކުރުމާ ގުޅިގެން، ބޮލީވުޑްގެ ގިނަ ފަންނާނުންނާއި އެ މީހުންގެ ސަޕޯޓަރުން އަންނަނީ ދެމަފިރިންނަށާއި ދަރިފުޅަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުންނެވެ.
ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018 ވަނަ އަހަރު ކައިވެނިކުރި ދީޕިކާ އާއި ރަންވީރަކީ ބޮލީވުޑްގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ޖޯޑެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ ސެޕްޓެންބަރު 2024ގައެވެ.
ދަރިފުޅު އުފަންވުމާ ގުޅިގެން ދީޕިކާ މިވަގުތު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރި ނަމަވެސް، ދާދިފަހުން ރިލީޒްވި ”ސިންގަމް އެގެއިން“ އިން މި ދެތަރިން ވަނީ އެކުގައި ފެނިފައެވެ.



