ދައުލަތުން އަންނަ އަހަރަށް ކަނޑައަަޅަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
އޭގެތެރެއިން 10 ބިލިއަން ރުފިޔާއާއާއެކު އެންމެ ބޮޑު ޚަރަދެއް ކުރަން ނިންމާފައިވަނީ ސިއްހީ ދާއިރާއަށެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފްސީލުތައް އިއުލާނު ކުރައްވާފައެވެ.
އެގޮތުން ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށް ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މި އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނެ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓު ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށެވެ.



