ހުޅުމާލޭ ތެޔޮ ވިއްކާ ޝެޑްތަކުން މަސްއޮޑިތަކަށް ޑީސެލްގެ ވިއްކާ އަގު ހެޔޮކޮށްފި އެވެ.
މިކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ޑީސެލް ވިއްކާ އަގުހެޔޮކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަކުރުމަށް ކަމަށެވެ. އެހެންނަމަވެސް، ޑީސެލްގެ އަގަށް ގެނައި ބަދަލު ފިޝަރީޒް މިނިސްޓްރީ ހިއްސާކޮށްފައެއް ނުވެއެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ވިއްކަމުން ދަނީ ޚާއްސަ އަގުތެއްގަ އެވެ. ދާދިފަހުން އެސްޓީއޯން ޑިސެލްގެ އަގު ހެޔޮ ކުރުމާއި ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް(އެފްއެސްއެމް)ގެ ޝެޑްތަކުން ޑީސަލް ވިއްކަމުންދަނީ 13.92 ރުފިޔާއަށް ލީޓަރެއްގެ މަގުންނެވެ.
މިސަރުކާރު އައީ މަސްވެރިންނަށް ގިނަ ވައުދުތަކަކާއެކު ގައެވެ. މަސްވެރިންނަށް ވީ ވައުދުތައް ސަރުކާރުގެ މަގުޗާޓުގައި ހިމަނައިގެން ގިނަ ވައުދުތައް ވަނީ ފުއްދާފައެވެ. ނުފުއްދި ހުރި ވައުދުތައް ފުއްދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



