މިިދިޔަ ދެދުވަހު މާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުރި 163 އުޅަނދު ފުލުހުން ޓޯވކޮށްފި އެވެ.
ފުލުހުން ބުނީ، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ފުލުހުން ކުރި މަސައްކަތުން މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރުތަކަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ޓޯވކޮށްފައިވާކަމަށެވެ. އޭގެތެރޭގައި މާލޭ ބޮޑުތަކުރުފާނު މަގު ކަޅުުުތުއްކަލާކޮށިން ފެށިގެން ފަތާ ޓްރެކާ ދެމެދު އެގޮތަށް ޕާކްކޮށްފައި ހުރި 84 އުޅަނދު ހިމެނެއެވެ.
މީގެ އިތުރުން، އަމީނީ މަގުން ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން އައިޖީއެމްއެޗްއާ ހަމަޔަށް ހިމެނޭ މަގުތަކާއި، އިއްޒުއްދީން މަގު ބަސްސްޓޮޕް ކައިރި ހުސްކޮށް 79 ހަތަރު އުޅަނދު ޓޯވްކޮށްފައިވާކަމަށާއި، އިއްޒުއްދީނު މަގުން ޓޯވްކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް އޮތް އުޅަނދެއްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޖުމްލަ 163 އުޅަނދު މިދިޔަ ދެ ދުވަހު ޓޯވްކޮށް ކުރުމަށްފަހު ފުލުހުންވަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އެއްގަމު އުޅަނދު ޕާކް ނުކުުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
ޓޯވް ކުރުމަށްފަހު ފުލުހުން އާންމުކޮށް ޓޯވ ކުރާ އުޅަނދުތައް ނަގަން އުޅަނދުގެ ވެރިފަރާތަށް ފުރުސަތު ދެއެވެ. އުޅަނދުތައް ވެރިފަރާތާ ހަވާލުކުރަނީ ޖޫރިމަނާކުރުމަށް ފަހުގައެވެ.



