އީދުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ހަވާ އަރުވާނީ މިރޭ 09:00ގައި ހުޅުމާލެސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ 5 މިނެޓެއްހާއިރަށްކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި އަހަރުގެ އީދު ފާހަގަކުރުމަށް، އެޗްޑީސީން އިސްނަގައިގެން ”އީދު އުފާ“ ގެ ނަމުގައިވެސް ޚާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ދަނީ ބާއްވަމުންނެވެ. އެގޮތުން ޢީދުގެ ފޯރިގަދަ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ މާލި ޕެރޭޑެއް ބާއްވާފައެވެ. މި ޕެރޭޑްގައި ރާއްޖޭގެ އީދުގެ ޘަގާފީ ހަރަކާތައްވެސް ދައްކާލާފައި ވެއެވެ. އަދި މިރޭ ސްކައި ރޮކް ބޭންޑާއެކު މިއުޒިކް ޝޯވއެއްވެސް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.



