ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުންދަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އަނިޔާވީ ދިވެހި އަންހެނަކަށާއި ފިރިހެނަކަށެެވެ. އެމީހުންނަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާކަމަށާއި،6 ގަޑިއިރުވަންދެން އެމީހުން އޮބްޒާވް ކުރަން ނިންމާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.



