. ކ ތިލަފުށިގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވީ ”ރާއްޖެ ލޮޖިސްޓިކް“ ނަމަކަށް ކިޔާ ގުދަނެއް ކަމަށާއި، މިހާދިސާ ހިނގީ މެންދުރު 14:35 ހާއިރު ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއިން މައުލޫމާތު ދީފައި ވެއެވެ.
”މި ހާދިސާގެ ރިޕޯޓް މިއަދު 14:35 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި.“ އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނީ، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ 15:35 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވިނަމަވެސް، ރޯވި ގުދަނުގައި ހުރި ހާޑްވެއަރ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.



