އުތުުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، އަނެއްކާވެސް ހުދު ސަމާލު ދަންމާލައިިފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެންމެ ކުރިން ހުދު ސަމާލު ނެރުނީ އިއްޔެ މެންދުރުފަހު 01:30 ގަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން 24 ގަޑިއިރު ހުދު ސަމާލުގައި އުތުރުގެ އަތޮޅުތައް އޮތް އިރު، އަނެއްކާވެސް މިއަދު 01:30 ގައި މިވަނީ އަނެއްކާވެސް ހުދު ސަމާލު ދަންމާލާފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން 4 ވަނަ ފަހަރަށް މޫސުމީ ސަމާލު ދަންމާލާފައިވާއިރު، މިހާރު ހުދު ސަމާލު އޮތީ ހއ އިން ފެށިގެން ބ އަތޮޅާއި ހަމަޔަށެވެ. އެލާޓްގެ ވަގުތު ހަމަވާނީ 18:00 އާ ހަމަޔަށެވެ. އެސަމާލުގައި ބުނެފައިވަނީ، އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.



