ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ، ހަނިމާދޫ ގެއަކުން ކުއްޔަށް ކޮަޓަރިއެއް ހިފައިގެން އުޅުނު މީހެކެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ބުނީ، އެމީހާ ރޭ ކޮޓަރިއަށް ވަތް ގޮތަށް ޚަބަރެއް ނުވާކަމުގެ މައުލޫމާތު މިއަދު ލިބުމާއެކު ފުލުހުން އެގެއަށް ގޮސް އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ އެދުމަނތީގައި އޮއްވާ ފެނުނުކަމަށެވެ. އަދި އެވަގުތު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ ރަށު ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ މީހާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށް ފުލުހުން ދެންމެ ބުނެފައި ވެއެވެ.



