އިއްޔެ ހައިވޭ ހަލިމަގުން ދުއްވަމުންދިޔަ ސައިކަލު ކަހާލައިގެން ވެއްޓުނު ސްރީ ލަންކާ މީހާ ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ، އިއްޔެ ހެނދުނު 06:45 ހާއިރު ހައިވޭ، މާލެއިން ހުޅުމާލެއަށްދާ ފަޅީގައި އެ މީހާ ދުއްވަމުން ދިޔަ ކާރު ކަހާލައިގެން ވެއްޓި ފެންސްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން ފުރަތަމަ ގެންދިޔައީ ހުޅުމާލެއަށެވެ. އެއަށްފަހު އޭޑީކޭއަށް ގެންގޮސް، އިތުރު ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއްކަމަށްވެސް ފުލުހުން ކަށަވަރުކޮށްދީފައި ވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.




