ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫގެ މަސައްކަތް އަލުން ފަށައިިފި އެވެ.
ހުޅުމާލޭގެ ފޭސް-3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ(ސީއެމްސީ)އިން ބުނީ، ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށާފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރުމަހު ފަށައިގެން ކުރިޔަށްގެންދަނިކޮށް، މަސައްކަތް މެދުކަނޑާލަންޖެހުނީ، ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ ނުރައްކާ މިންވަރަށް ދިއުމާގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން، ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)ގެ އެންގުމުގެ މަތިންނެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، އީޕީއޭގެ އިރުޝާދުގެ ދަށުން މަސައްކަތް މެދުކަނޑާލިއިރު، 23 ހެކްޓަރުގެ ބިންވަނީ ހިއްކާ ނިންމާފަ އެވެ. ސީއެމްސީން ބުނީ، މިއަދު ހިއްކަން މި ފެށީ، ބާކީ ހިއްކަން ޖެހޭ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށެވެ.



