ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާ ވެއްޖެ އެވެ.
އާރިފް ނިޔާވީ މެނިންގޯކޮކަލް ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އޭޑީކޭގައެވެ. ހައްޖުގެ އަޅުކަމަށްފަހު އިއްޔެ ރާއްޖެއައި އާރިފް އޭޑީކޭއަށް ގެންދިޔައީ ހުން އައިސް ނޭވާލާން އުދަނގޫވެގެންނެވެ.
އާރިފް ހައްޖަށް ދިޔައީ ދިވެހީންނަށް ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ.



