ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް-1އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރޭ ރަށުތެރެ ޕެޓްރޯލު ކުުރުމުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ފިރިހެނުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ރޭ 19:51 އެހައިކަންހާއިރު ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ގައެވެ. އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލުކުރުމުން ތުހުމަތުކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު, ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 150 ފުޅިއާއި ފައިސާތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




