އައްޑޫ ސިޓީ ހިތަދޫ، ފަޅު ގޯއްޗެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ، ހިތަދޫ ނޭޗަރ ޕާކު ސަރަހައްދުގައި ހުރި ފަޅު ގޯއްޗެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 08:55 ހާއިރުކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 09:20 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެގޯތީގައި ހުރި ކުނިތަކެއްގައި ރޯވެގެންކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.



