ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަަމަށެވެ. އަދި، ކަރަންޓު ކެނޑުމަށް ދިވާމި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
”ދިމާވާނެ ދަތިތަކަށް މައާފަށް އެދެން.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކެއް ބުރިކޮށްގެން ބަޔަކު މީހުން ވަގަށް ގެންދިއުމާއި ގުޅިގެން، މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުންވެސް ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ސްޓެލްކޯއިން ދަނީ، އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.




