މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ، އަލިފާން ރޯވީ ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި ކަމަށެވެ. އަދި މިހާދިސާގައި އަނިޔާވި މީހަކު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދާހަމަ:
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މ. އެންޒިން ގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެމްއެންޑިއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވީ ނަމަވެސް އެސަރަހައްދުގައި އަދިވެސް ވަރަށް ބޮޑަށް ދުމުގެ އަސަރު އެބަހުރި ކަމަށެވެ.
މި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން 4 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފުން އަދިވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.



