މާލޭގައި ހަށިވިއްކަން އުޅުނު ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
ބުދަ ދުވަހުގެ ރޭ، ޓާސްކް ފޯރސް އިން ހިނގި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނެއްކަމަށް އިމިގްރޭޝަން އިން ބުނެފައި ވެއެވެ. އެމީހުން މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ އަދި ވަގު ވިޔަފާރިއާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ހޯދުމަށް ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްއިން ދޭތެރެ ދޭތެރެއިން ޚާއްސަ ރެއިޑް އޮަޕަރޭޝަންތައް ހިންގަ އެވެ.
ރޭ އިރާކޮޅު މާލޭ ޔޫއެސް ޑޮލަރު އޭޓީއެމް ކައިރީ ހިންގި މިއޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ޓާސްކް ފޯރަސްއިންނާ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ވަގު ވިޔަފާރިތަކުގައި ޝާމިލުވާމީހުންނާއި، އަދި ހުއްދަ ހޯދާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި ހުއްދަނެތި ހަރަކާތްތެރިވާ ބިދޭސީން ދަނީ ޑީޕޯޓްކުރަމުންނެވެ. އަދި ހައްޔަރަށް ގެނެވޭ މީހުންގެ ތެރެއިން ލިޔެކިޔުން ނުހުންނަ މީހުން، އެމީހުން ނިސްބަތްވާ ގައުުމުތަކުގެ ހައިކޮމިޝަން ނުވަތަ އެމްބަސީއާއި ގުޅިގެން ލިޔުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.




1 Comment
ސާބަހޭ ދަރިންނޭ