ޚަތިމަކަށް ގެއްލުންދޭން އުޅުނު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، މާލޭގެ މިސްކިތެއްގައި އޮތް ޚަތިމަކަށް ގެއްލުން ދޭން އުޅުނު މައްސަލައަކާ ގުޅިގެން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިމަހުގެ 6 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހައި އަމުރު ނެރެދީފައި ވާކަމަށެވެ.
މި މައްސަލައާބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.



