ލާމުއަތޮޅު ލިންކް ރޯޑުގައި ދުއްވަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ، އަލިފާން ރޯވީ އެއަތޮޅު މާންދޫއިން ގަމަށް ދަތުރުކުރަމުންދިޔަ ކާރެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބިގެން ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ފުލުހުން ބުނެއެވެ.
އަދާހަމަ (12:40):
ފުލުހުން ބުނީ އަލިފާން މިހާރު ނިއްވާލެވިފައިވާކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.



