މާލޭ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، އެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެމައްސަލަ މިހާރު ތަހުގީކުރަމުން އަންނަކަމަށާއި، އެމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަަލަ ފުލުހުންނަށް ރިޕޯޓްކުރެއެވެ. ދާދި ފަހުން ވަނީ މިސްކިތަކުން ފަންކާތަކެއް ނެގި މައްސަލައެއްވެސް ފުލުހުން ތަހުގީގުކޮށްފަ އެވެ.




