މިސްކިތްތަކުގައި ގާރީ ކްލާސް ހިންގުމުގެ ހުއްދަ ދޭން ނިންމާފައިވާކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ކުރިޔަށް އޮތްތާނގައި ކުރުމަށް ނިންމާފައިވާ ކަންތައްތައް މީޑިއާއާ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ގާރީ ކްލާސްތައް ހިންގުމުގެ ހުއްދަ މިހަފުތާގައި ދޭން ނިންމާފައިވާކަމަށެވެ. އަދި، މިކްލާސްތައް ހިންގުމަށް ހުއްދަ ދިނުމުމުން އިމާމުންނާއި ގުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ގުރުއާން ކިޔަވައިދީ ދަސްކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގާރީ ކްލާސްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމުގެ ފުރުސަތުވެސް މި ހަފްތާގައި ހުޅުވާލާނެކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހާފިޒުން ދަސްވެނިވާއިރު ތުުރުކުރައްވާ ގައުން ފަރުމާކުރަންވެސް އަންނަ ހަފްތާގައި އިއުލާނުކުރަން ނިންމާފައިވާކަމަށެވެ. އަދި، މި ގައުން ފަރުމާކުރަނީ އިސްލާމީ ސަގާފަތާއި އިލްމާއި ޙަޟާރަތުގެ ރަމްޒުވާނެފަދަގޮތަަކަށް ކަމަށް ވިދާޅުވި އެވެ،
އިސްލާމިކް މިިނިސްޓްރީންވަނީ ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމުގެ މަޝްވަރާތައްވެސް އަންނަ ހަފްތާގައި ބޭއްވުމަށް ރާވާފާއެވެ. މިނިސްޓަރު ވިދާޅުވީ، ލީބިޔާގައި އޮންނަނީ ހާފިޒުކަމަކީ އެދާއިރާގެ ޑިގްރީ ފެންވަރުގެ ސަނަދެއްގޮތަށް ލެވަލްކޮށްފައި ކަމަށެވެ. އެހެންކަމުން މިކަމުގައި ކަމުގެ ތަޖުރިބާހުރި ފަރާތްތަކުގެ ލަފާއާއި މަޝްވަރާ ބޭނުންވާކަމަށް ވިދާޅުވި އެވެ.



