ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.
މިއާ ހޯދަމުންދަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުުލުހުންވަނީ، މިއާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ނުވަތަ އެނގިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން، މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.
ފުލުހުންވަނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށްދޭ އެއްބާރުލުން ފާހަނގަކޮށް ޝުކުރު ދަންނަވާފަ އެވެ.



